Prosperous Life (Mobile)


Alhamdhulillah! Now you can access the Mobile Phone Version of Prosperous Life. Its small in size (just only few Kilo Bites), fast and convenient for your Mobile Phones. Just type the address below, on your Mobile Web Browser.

www.dhiprosperous.blogspot.com/?m=1
Click here to Read the Holy Quran

Friday, May 27, 2011

   
ރަނގަޅު ރަޙްމަތްތެރިއަކު އިޚްތިޔާރު ކުރާށެވެ!




ލިޔުއްވީ: އަލްއުޚްތު ފާޠިމަތު
ރަހުމަތްތެރިންނަކީ ނުވަތަ ރައްޓެހިންނަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް ވަރަށް މުހިންމު ބަޔެކެއެވެ. ތިމާގެ ދިރިއުޅުމުގެ އެކިކަންކަމުގައި ރަހުމަތްތެރިންގެ ނުފޫޒު ފޯރައި އެމީހުންގެ ހިޔާލާއެއްގޮތަށް ދިރިއުޅުން ބައްޓަން ކުރަންޖެހެއެވެ. ތިމާގެ ރައްޓެހިންނަކީ ވިޔާނުދައި ބައެއްނަމަ އެކަމުގެ ނޭދެވޭ އަސަރު ތިމާގެ ދިރިއުޅުމަށް ކުރާނެއެވެ. އަދި ތިމާގެ ރައްޓެހިންނަކީ ހެޔޮލަފާ ރަނގަޅު ބައެއްނަމަ އެކަމުގެ ފައިދާވެސް ކުރާނެއެވެ.

އެހެންކަމުން ތިމާގެ ރައްޓެހިންނަކީ މިއުންމަތުގެ މާތް ނަބިއްޔާ މުޙަންމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ މަގަށް ފުރިހަމައަށް ތަބާވާ މީހަކަށް ވާންޖެހޭނެއެވެ. އެކަލޭގެފާނު ހަދީޘް ކުރެވިއެވެ." ރަނގަޅު ރަހްމަތްތެރިއަކާއި ނުބައި ތަހުމަތްތެރިއެއްގެ މިސާލަކީ އަތަރު ވިއްކާމީހެއްގެ މިސާލާއި ދަގަނޑުތަޅާ މީހެއްގެ މިސާލެއެވެ. އަތަރު ވިއްކާ މީހަކާއެކީގައި ވަގުތު ހޭދަކުރާނަމަ އޭނާގެ އަތުން އަތަރު ލިބޭނެއެވެ. ނުވަތަ އޭނާ ގެންގުޅޭ އަތަރުގެވަސް ތިބާގެ ގައިގާ ދުވާނެއެވެ. ނަމަވެސް ދަގަނޑުތަޅާ މީހެއް ކައިރީގައި ވަގުތު ހޭދަކުރާނަމަ ތިބާގެ ހެދުން އަނދާފާނެއެވެ. ނުވަތަ ތިބާގެ ގައިގާ ދުވާނީ ނުބައި ވަހެއެވެ." (ބުޚާރީ އާއި މުސްލިމް)   މާނައީ ރަނގަޅު ރަހުމަތްތެރިޔާ ކިބައިން ރަނގަޅު އަހުލާޤެއް ލިބި ރަނގަޅު ކަންތައްތައް ކުރުމަށް މަގުފަހިވެއެވެ. އަދި ނުބައި ރަހުމަތްތެރިޔާގެ ކިބައިން ދަސްވާނީ ގޯސް ކަންތައްތަކެވެ. އަދި އެފަދަ މީހަކާއެގައި އުޅޭނަމަ ކުރެވޭނީވެސް ގޯސްކަންތައްތަކެވެ.

ރަހުމަތްތެރިން ވާންޖެހޭނީ ތިމާ ހެޔޮމަގަށް އަޅުވައިދޭން ތިބޭ ބަޔަކަށެއެވެ. ކަމެއް ގޯސްކޮން ކުރާނަމަ އެކަމެއް ރަނގަޅު ކޮށްދޭން ތިބޭބަޔަކަށެއެވެ. ރަހްމަތްތެރިންނަކީ ތިމާ މަގުފުރައްދާ ބަޔަކަށް ވެގެން ނުވާނައެވެ. މާތް ﷲ ވަހީކުރައްވާފައިވެއެވެ. "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާދުވަސް ހަނދުމަކުރާށެވެ. އޭނާ (އެދުވަހުން) ބުނާނެތެވެ. އޭސަހަރޯއެވެ. ރަސޫލާގެ އަރިހުން މަގެއް ހިފައި ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސް ހެއްޔެއެވެ. (25:27) އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. ސަހަރޯއެވެ. ތިމަން އެވެނިމީހަކު މިތުރަކުކަމުގައި ނުހިފިނަމަ، ކިހާރަނގަޅުވީސް ހެއްޔެއެވެ. "(25:28) އަދިވެސް ވަހީކުރައްވާފައިވެއެވެ. "އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުންކަމުގައެވެ. ތަޤުވާވެރިން މެނުއީއެވެ." (43:67)




 
ތިމާއަކީ ރަނގަޅު ރަޙުމަތްތެރިން ގެންގުޅޭ މީހަކަށް ވާންޖެހެއެވެ. އަދި ތިމާގެ ރަހުމަތްތެރިންނާމެދު ހެޔޮކޮން ހިތާ މީހަކަށް ވާންޖެހެއެވެ. މާﷲ ވަހީކުރައްވާފައިވެއެވެ. "މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ދެ އަޚުން ދެމެދުގައި ތިޔަބައިމީހުން ސުލްޙަ ކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޢުވާވެރިވާށެއެވެ! އެއީ ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. "(49:10)
އަދިވެސް ވަހީކުރައްވާފައިވެއެވެ. "މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނަކީ އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުތަތެވެ. އަދި އެއުރެން ނުބައި ކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ﷲއާއި އެކަލާންގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙުމެއް ލައްވާހުއްޓެއެވެ. ހަމަކަށަވަރުން ﷲއީ ޢަޒީޒު ވަންތަ ރަޙީމް ވަންތަ ރަސްކަލާންގެއެވެ.(9:71) 
ތިމާއަށް ލިބޭ ކޮންމެ ހެޔޮކަމެއް ތިމާފަދަ އަޚާއަށް ލިބުން އެދޭށެއެވެ.

No comments:

Post a Comment

Please use a friendly language for commenting.